ބުރާސްފަތި, ޖޫން 8, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުމުން ވެސް އައު ޓްރާންސްފޯމަރުތައް ބަހައްޓަން ބިމެއް ނުދިން: ސްޓެލްކޯ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 4, 2023
ފީޗަރ, ޚަބަރު
1
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ

މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެ ގޮތުން އައު ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލަށް އެދިފައިވީ ނަމަވެސް ޖަވާބެއްދީފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ.

އެ ތިން ސަބްސްޓޭޝަނަކީ:

ގާކޮށި, ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަން.

މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތައް ހުރި ޕާކިން ޒޯނާއި ދިމާގައި ހަދާފައިވާ ސަބްސްޓޭޝަން.

ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން.

އޭގެތެރެއިން ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރު ވެސް އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށާއި، މިހާރު އެ ލޯޑް ޓްރާންސްފާރ ކުރި ޓްރާންސްފޯމަރުތަށް ވަނީ އޯވާލޯޑް ވުމާއި ގާތަށްގޮސްފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

”މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނީ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައި. އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއް ވެސް ފޮނުވި އެ ސިޓީތަކަށް ވެސް ޖަވާބު ލިބިފައެއް ނުވޭ.“

އަދި ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާއެކު އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި ސިޓީ ފޮނުވީ 13 ސެޕްޓެމްބަރ 2021 ގައި ކަމަށާއި ނަމަވެސް އެ ސިޓީއަށް ވެސް ޖަވާބެއް ލިބިފައެއް ނުވާކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެއިތުރުން މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިން ޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެ ސަބްސްޓޭޝަނާއި އިން ވެގެން އޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށާއި, އަދި އެ ސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ހިއްސާކޮށްފައިވާނެ ކަމަށް ބުންޏެވެ.

ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމަށްވާތީއާއި، ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް ބޭނުންވާ ކަމަށާއި, މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި އެހެނިހެން އާލާތްތައް ކުންފުނީގައި މިހާރު ހުރިކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު ސިޓީ ކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާ ކަމަށް ބުނެ އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު އެ ކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސްޓެލްކޯއިން ބުންޏެވެ.

”މި ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރު ކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް މިކުންފުންޏަށް ހަމަޖައްސައިދިން ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށް ވެސް ގެއްލުމެއް ވެސް އަދި އަސަރެއްވެސް ނުކުރާނެކަން ފާހަގަކޮށްލެވޭ.“

އެހެންކަމުން އެ ކުންފުނީގެ އެދުމަކީ ރައްޔިތުންނަށް އެ ކުންފުނިން ދެމުންގެންދާ ޚިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވައި، ޒިންމާދާރުކަމާއެކު އެ ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތް ކުރުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Tags: މާލެ ސިޓީ ކައުންސިލްސްޓެލްކޯ

ގުޅުންހުރި ލިޔުންތައް

ލަސްވި ހުކުމުގެ ރިޕޯޓު ހަވާލުކޮށްފި

ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ކުރައްވާފައެއް ނުވޭ، ސަމާސާއެއް ކޮށްލެއްވީ: ޖަމީލް

ޖޫން 7, 2023
2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

ޖޫން 7, 2023
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

ޖޫން 7, 2023
މީހަކު ނިޔާވި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ކިޔައިދީފި

މިދުވަސްވަރު ބުރިޖާއި ލިންކް ރޯޑުގައި ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

ޖޫން 7, 2023

Comments 1

  1. މުންޖިޗޭ says:
    4 months ago

    ދޭނެ ކަމެއްނެތް. ޖެއްސުންކޮށް ދަތިކޮށްފަވެސް އަދިއެބަކިޔާ ބިންދޭށޭ. އިންތިޚާބުން ވައްކަންކުރާގޮތަށް ކަރަންޓުން ވައްކަންކޮށް ސިޓީކައުންސިލަށް ގޮންޖަހަންވެސް ލަދެއް ޙަޔާތެއްނެތް. މިވަރުގެ މުނާފިގު ލުއްޗާ ޗޯރުންނަށް އެއްބާރުލުން ދޭކަށް ނުޖެހޭ. ރައްޔިތުންނަށް އޮޅުވާލަނީ ވެގެން ދޮގުހަދަނީ. އެބިމެއް ނުލިބުނަސް ކަރަންޓުދޭކަށް ދައްޗެއް ނުވާނެ. ކުރިންދީފަހުރި ބިންތަކުން ފުދޭނެ.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0
  • އަޑު ކުރަކިވެ، އަޑު ގޮސްފައިވާ ނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In