އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 3, 2023
ޚަބަރު, ވިޔަފާރި
0
ފޮޓޯއިން ކުޑަގިރީގެ ރީތިކަން

މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަޢުލޫމާތު އެނގޭނެ މޯބައިލް އެޕްލިކޭޝަނެއް ތަޢާރްފްކޮށްފިއެވެ. އެޕް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން މި އެޕްލިކޭޝަން މިހާރު ޑައުންލޯޑްކުރެވޭނެއެވެ.

މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީކުރި ކުޑަގިރި މިމަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކުޑަގިރި ޕިކްނިކް އައިލަންޑް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންއަންނަ އިރު އެޗްޑީސީން މިވަނީ ކުޑަގިރިއަށް ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައެވެ. އެޗްޑީސީން ވިދާޅުވީ ކުޑަގިރި އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން، އެ ރަށާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ޚިދުމަތްތައް ބަލާލެވޭނެކަމަށެވެ.

މި އެޕްލިކޭޝަނަކީ ކުޑަގިރީގެ ޚިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް ޢާންމުނަށް ދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ބުކިންއަށް އަދި ހުޅުވާލާފައި ނުވިޔަސް، އެޕްލިކޭޝަންގައި ރަޖިސްޓާކުރުމުން ކުޑަގިރިއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިގޮތުން އެތަނުން ލިބޭނެ ޚިދުމަތްތަކާއި ބުކް ކުރެވޭނެ އަގުތަކާއި ޤަވައިދުތަކާއި އުޞޫލްތައް ފެންނަން ހުންނާނެއެވެ. އެޗްޑީސީން ވިދާޅުވީ އެޕްލިކޭޝަނުގެ ޒަރިއްޔާއިން ބުކިންނަށް ހުޅުވާލުމުން ނޮޓިފިކޭޝަން އަންނާނެކަމަށާއި، ވަރައަވަހަށް ބުކިން ހެއްދުމަށްވެސް ހުޅުވާލާނެކަމަށެވެ.

މި މަހުގެ 11 ގައި ކުޑަގިރި ހުޅުވަން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި ހުޅުވާނެ އިރަކަށް އެތައް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އެތަން ހުޅުވަން އެންމެ ފުރަތަމަ ޕްލޭންކުރީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ގަ އެވެ. ނަމަވެސް މަސައްކަތްތައް ނިންމަން ވަގުތު ބޭނުންވާތީ ހުޅުވަން ލަސްކުރީ އެވެ.

މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރު އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރީތައްވެފައިވާ އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް މި ރަށުން ލިބެން ހުންނާނެ އެވެ.

ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.

Tags: ކުޑަގިރިއެޗްޑީސީ

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In