އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މެރިޓައިމް ޔުނިވަރސިޓީގެ ކޯސްތަކެއް ދިވެހިންނަށް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 3, 2023
ޚަބަރު
0
ނަހުލާއާމެދު ފިޔަވަޅު އަޅާނީ ތަޙްޤީޤުން އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ: ސަރުކާރު

ޓްރާންސްޕޯޓް މިިނިސްޓަރު ޢާއިޝަތު ނަހުލާ

މެރިޓައިމް ސިނާއަތުގައި މީހުން ބިނާކުރުމުގެ މަޤްޞަދުގައި، ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ކުރު ކޯސްތަކެއް ރާއްޖޭގައި ހިންގުމަށް ނިންމައިފިއެވެ.

އެ ޔުނިވާސިޓީން މިގޮތަށް ނިންމެވީ، އެ ޔުނިވާސިޓީއާއި، ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއާއި ދެމެދު ކުރެއްވި މަޝްވަރާތަކުގައެވެ.

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށްޓަކައި ވޯލްޑް މެރިޓައިމް ޔުނިވާސިޓީއައި އެކު މި މަޝްވަރާތައް ބާއްވާފައިވަނީ އޮންލައިންކޮށެވެ. މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ޣަނީ އާއި، ކަމާބެހޭ އިސް ބޭފުޅުންނާއި، ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ރައީސު ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބް ރައީސު ޕްރޮފެސަރ މާ ޝުއޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރު ކޯސްތައް ހިންގަވައި ދެއްވާނެކަމަށާއި، އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް އެ ޔުނިވާސިޓީގެ ރައީސް ވިދާޅުވިއެވެ. އަދި ވޯލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދާ 50 ވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައްވައި ދެއްވާނަކަން މިބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

މީގެކުރިން އެ ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 މީހަކު ތައުލީމު ހާސިލުކޯށް، ޚިދުމަތްކުރައްވަމުން ގެންދަވާކަމަށާއި، މިހާރުވެސް އެ ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަމަށް ވޯލްޑް މެރިޓައިމް ޔުނިވާސިޓީން ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އިން ވޯލްޑް މެރިޓައިމް ޔުނިވާސިޓީ (ޑަބްލިޔު.އެމް.ޔޫ) އުފެއްދެވިއެވެ. މި ޔުނިވާސިޓީ އަކީ ސްވިޑެންގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީއެކެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑަބްލިޔު.އެމް.ޔޫ ނިންމާފައިވާ ދަރިވަރުން ދަނީ ކަނޑުގެ ދާއިރާގައި މަސައްކަތްކުރަމުންނެވެ. ޑަބްލިޔު.އެމްޔޫ.ގެ ކުރީގެ ދަރިވަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީތަކުގައި، ޝިޕިން ކުންފުނިތަކާއި ބަނދަރުތަކުގެ ޑިރެކްޓަރުންގެ މަގާމުތަކާއި، މެރިޓައިމް އެކަޑަމީތަކާއި ކަނޑުގެ ސިފައިންގެ ޖަމިއްޔާތަކުގެ އިސްވެރިންގެ މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ.

ދިވެހިރާއްޖޭގައިވެސް ގާނޫނީ ދާއިރާގައި ބަނދަރު ހިންގުމުގެ ދާއިރާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިންޝޫރަންސްއާއި ގުޅޭ ދާއިރާތަކުގައި އަދި މެރިޓައިމް އިންޑަސްޓްރީގެ އެހެނިހެން ވަޒީފާތަކުގައި އެ ޔުނިވާސިޓީއިން ތައުލީމު ހާސިލުކުރައްވާފައި ތިއްބެވި ބޭފުޅުން ދަނީ ގައުމަށް ޚިދުމަތް ކުރައްވަމުންނެވެ.

Tags: ޓްރާންސްޕޯޓް މިނިސްޓްރީ

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In