ބުރާސްފަތި, ޖޫން 8, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވިނަރެސް މަޝްރޫޢު: ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 3, 2023
ޚަބަރު
0
ވިނަރެސް ފްލެޓް ގަންނަން ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރަތްކޮށްފައިވާ ވިނަރެސް ފުލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ޢާންމުކޮށްފިއެވެ.

ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ޢިމާރަތް ކުރަން ފެށި ފުލެޓުތައް ނިންމައި އެޗްޑީސީއާ ހަވާލުކުރީ 2022 ޖޫން 20 ގައެވެ. ވިނަރެސް މަޝްރޫޢުގެ ދަށުން ހެދީ 13-11 ބުރީގެ 10 ޓަވަރެވެ. އެއީ ޖުމްލަ 1344 ފުލެޓެވެ. އެއީ ތިން ކޮޓަރީގެ ތަންތަނެވެ. އެ ތަންތަނުގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާއާއި 03 މިލިއަން ރުފިޔާއާ ދެމެދުއެވެ.

ފުލެޓުތައް ގަތުމަށް އެޗްޑީސީން ހުޅުވައިލީ 2022 ޖުލައި 18 ގައި.

ފުލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު ޢާންމުކުރީ 2022 ނޮވެމްބަރު 27 ގައި.

ވަގުތީ ލިސްޓުން ދައްކާ ގޮތުން ފުލެޓަށް އެދި 1413 މީހުން ފޯމު ހުށަހެޅި, ޝަރުތު ހަމަވީ އޭގެތެރެއިން 723 މީހުން.

މި މަޝްރޫޢުގެ ދަށުން 100 ފުލެޓު ކަނޑައަޅާފައިވަނީ މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވާ މީހުންނަށް އަދި މާލޭގައި ދިރިއުޅޭތާ 15އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންނަށް.

އެޗްޑީސީން މިއަދު ވަނީ ދާއިމީ ލިސްޓު ޢާންމުކޮށްފައެވެ. އެ ލިސްޓު ނެރުނީ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކައް ބެލުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މުރާޖަޢާ ކުރުމަށްފަހު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

”ޝާއިއުކޮށްފައިވާ ލިސްޓްގައި ސީލައިފް, ހިޔާ, އަދި ގުޅީފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަން.“

އެ ލިސްޓުގައިވާ ގޮތުން 1094 މީހަކު ޝަރުތު ހަމަވެއެވެ. އޭގެތެރޭގައިމާލޭގައި ރަޖިސްޓްރީވިތާ 15 އަހަރުނުވާ 267 މީހަކު ޝަރުތު ހަމަވެއެވެ.

”އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށް ދެވެނީ އެންމެ ފޯމަކާއި އެކު. ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވީ ނަމަވެސް އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު އެހެންކަމުން މި ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނަން.“

އެޗްޑީސީން ބުނީ ވިނަރެސް މަޝްރޫޢުއިން އެޕާޓްމަންޓް ގަތުމުގައި ދެން ކުރިއަށް އޮތް މަރުހަލާއަކީ ޢާންމު އުސޫލުގެ ދަށުން އަލަށް ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔައްތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަރުހަލާ ކަމަށެވެ. އަދި މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ފީ ނެގުމާއި ވިނަރެސް ފުލެޓު އިޚުތިޔާރު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

”އެޕާޓްމެންޓު އިޚްތިޔާރު ކުރުމަށްފަހު ލީސް-ޓު-އޯން އަދި ފުލް ޕޭމަންޓަ މޮޑެލް ހިޔާރުކޮށްފައިވާ ފަރާތްތަކަށް މިކޯޕަރޭޝަނުން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ގާބިލިޔަތުކަން ކަށަވަރު ކުރުމަށް ތާރޑްޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދެވޭނެ. އަދި މި ޕޭމަންޓަ މޮޑެލްތައް ހިޔާރުކުރެއްވި ފަރާތަކަށް ވިނަރެސް އެޕާޓްމެންޓު ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު މި ކޯޕަރޭޝަނުން މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ޤާބިލުކަން ފުރިހަމަވާކަން ތާރޑްޕާޓީ އިވެލުއޭޓަރުން ނިންމުމުން.“ އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން އެންޑް ޔޫސަރ މޮޑެލް ޚިޔާރު ކޮށްފައިވާ ފަރާތްތައް ބުކިންގ ފީ ދައްކައި ފުލެޓު އިޚްތިޔާރުކުރުމުގެ މަރުހަލާ ނިމުމުން މާލީ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ފަރާތްތަކާއި ހިއްސާ ކުރާނެ ކަމަށާއި, މި ޕޭމަންޓަ މޮޑެލްގެ ދަށުން ވިނަރެސް ފުލެޓު ކަށަވަރުވާނީ މާލީ އިދާރާއަކުން ލޯނު ހަމަޖެހުނުކަމުގެ ލިޔުން އެ ކޯޕަރޭޝަނަށް ހުށަހެޅުމުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

”މިކަމާ ގުޅޭގޮތުން ލިސްޓުގައި ލިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން 3353535 ނަންބަރުން މި ކޯޕަރޭޝަނުން ގުޅާނެ.“

ނަމަވެސް އެ ނަންބަރުގެ އިތުރުން އެ ކޯޕަރޭޝަނުން އެއްވެސް މޯބައިލް ފޯނު ނަންބަރަކުން ވިނަރެސް ހައުސިންގް މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށާއި, އެސްއެމްއެސް ނުވަތަ އެއްވެސް ލިންކެން ނުފޮނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ވަނީ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކޯޕަރޭޝނުގެ ހޮޓްލައިން ނަންބަރ 1516 އަށް ގުޅުއްވުމަށް އެދިފައެވެ.

Tags: އެޗްޑީސީވިނަރެސް ފްލެޓް

ގުޅުންހުރި ލިޔުންތައް

ލަސްވި ހުކުމުގެ ރިޕޯޓު ހަވާލުކޮށްފި

ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ކުރައްވާފައެއް ނުވޭ، ސަމާސާއެއް ކޮށްލެއްވީ: ޖަމީލް

ޖޫން 7, 2023
2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

ޖޫން 7, 2023
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

ޖޫން 7, 2023
މީހަކު ނިޔާވި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ކިޔައިދީފި

މިދުވަސްވަރު ބުރިޖާއި ލިންކް ރޯޑުގައި ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

ޖޫން 7, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0
  • އަޑު ކުރަކިވެ، އަޑު ގޮސްފައިވާ ނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In