ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޝާހިދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.
މިއީ ލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ހަރަކާތްތަކުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާއި އެ ޤައުމުގެ ބައެއް އިސް ވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.