ކަރަން ޖޯހަރުގެ ”ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ“ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 28 ގައި ކަމަށް ބުނެފައެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މި މަހުގެ 10 ގަ އެވެ. ނަމަވެސް ފިލްމުގެ ބަތަލާ އާލިއާ ބަޓް މިދިޔ އަހަރު ބަލިވެއިނުމާ ގުޅިގެން ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ގެ ބަޔެއް މަންޒަރު އަދި ނަގަން އޮތުމުން ފިލްމް ރިލީސް ފަސްކުރީކަމަށް މީޑިއާ ތަކުން ހާމަކުރައެވެ.
މި އަހަރުގެ އެންމެ އުންމީދީ އަދި ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރޮމޭންޓިކް ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ގައި ރަންވީރު ސިންގް ބަތަލުގެ ރޯލުން ފެންނާނެ އަދި އިތުރު ކާސްޓުން ތެރޭގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. ކަރަން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނަގެ ފުރަތަމަ ފިލްމު ކަމަށްވާ 1998 ގެ ”ކުޗް ކުޗް ހޯތާ ހޭ“ ސްޓައިލްގެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ އެވެ.
ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ އަކީ 7 އަހަރުގެ މެދުކެނޑުމަކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. ކަރަން ވަނީ މީގެކުރިން އިންޓަވިއުތަކުގައި އެ ފިލްމާއި ދޭތެރޭ ފޮނި އުންމީދުތަކެއް ކުރާ ކަން ފާހަގަކޮށްފައެވެ.