ގިނަ ޢަދަދެއްގެ ޑްރަގާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ޢުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ތަފްސީލް:
ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ ވޮލެޓުން 22500 ރ. ފެނިފައިވޭ.
މާލޭގައި އޭނާ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުން ފެނުނު ޑްރަގްގެ ވަގުތީ ބަރުދަނުގައި 80 ގްރާމް ހުރި. ހުސް ރަބަރު ޕެކެޓްތަކެއް ވެސް ފެނިފައިވޭ.
އެޕާޓުމަންޓުގައި ހުރި ޑްރޯވާއެއްގެ ތެރެއިން 261000 ރ. ފެނިފައިވޭ.
ކޯޓު ޢަމުރުގައިވާ ގޮތުން އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހެކެވެ.