ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޯޓު ޢަމުރުގައިވާ ގޮތުން ފުލުހުން އޮޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް އޭނާ އެ ސަރަހަށްދަށް ދިޔައެވެ. އަދި އެ ތަނުން ދާން އެންގުމުން ނުކިޔަމަންތެރިކަން ދައްކައި މަރުގެ އިންޒާރު ދީފައިވާކަން ފުލުހުން ހުށަހެޅި ބަޔާންތަކުން އެނގެން އޮންނަ ކަމަށް ކޯޓު ޢަމުރުގައި ބުނެފައިވެއެވެ.
ކޯޓުގައި އޭނާ ބުނެފައިވާ ގޮތުން ހައްޔަރުކުރުމުގެ ތެރޭ ފުލުހުން ވަނީ އޭނާއަށް އަނިޔާކޮށްފައެވެ.