ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކޯލިޝަނުގެ ވަފާތެރި ލީޑާޝިޕުން ރައީސް ޔާމީނަށް ޚިޔާނަތްތެރިއެއް ނުވާނެ: ޑރ.ޝަހީމް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 2, 2023
ޚަބަރު
0
ކޯލިޝަނުގެ ވަފާތެރި ލީޑާޝިޕުން ރައީސް ޔާމީނަށް ޚިޔާނަތްތެރިއެއް ނުވާނެ: ޑރ.ޝަހީމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ކަމަށާއި ކޯލިޝަނުގެ ވަފާތެރި ލީޑާޝިޕުން އެ މަނިކުފާނަށް ޚިޔާނަތްތެރިއެއް ނުވާނެ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ފެށި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ”ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޑރ.ޝަހީމް ވިދާޅުވީ މިއަދު ޤައުމު ކުރިއަށްދާ މިސްރާާބާމެދު ދިވެހި ކޮންމެ ރައްޔިތަކު ވެސް ތަޢައްސުބުން އެއްކިބާވެ ވިސްނައިލަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން ކޮށްދެއްވި ވަރުގަދަ ވެރިކަމަށް މިއަދު ބޭނުންވެފައި މިވަނީ ކިހާވަރަކަށްތޯ ވިސްނައިލަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ސުވާލުގެ ޖަވާބު އަމިއްލަފުޅަށް ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތަށް މިއަދު ބޭނުންވެފައި ވަނީ މީގެ ކުރިން ބޭނުންނުވާ ދަރަޖައަކަށް ކަމަށެވެ.

ދިވެހި ޤައުމު އުސްމިނަކަށް ގެންދިއުމަށްޓަކައި ރައީސް ޔާމީން ޢަބްދުލްޤަައްޔޫމް ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި.“ ދިވެހި ރައްޔިތުން އެކަމަށް ހެކިވާނެކަން ފާހަގަކުރައްވައި ޑރ.ޝަހީމް ވިދާޅުވިއެވެ.

”އެހެންކަމުން އަޅުގަނޑު ދަންނަވާނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމޭ. ޕީޕީއެމް ޕީއެންސީން އެމަނިކުފާނަށް ވަފާތެރި ލީޑާޝިޕުން އެމަނިކުފާނަށް ޚިޔާނަތްތެރިއެއް ނުވާނޭ. ޕީޕީއެމް ޕީއެންސީގެ އެންމެހައި ލޮބުވެތި ރައްޔިތުން މަސައްކަތް ކުރަމުން މި ގެންދަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތު އަލުން އަނބުރާ މި ޤައުމަށް ގެނައުމަށޭ.“ ވަރަށް އިތުބާރާއެކު އެޑްވައިޒަރު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގެ ބަހާތަކަކީ ދިވެހިވަންތަކަމާއި ދިވެހި ދައުލަތުގެ މިނިވންކަމާއި އިސްތިގުލާލާއި ރައްކާތެރިކޮށް ދެމެހެއްޓުމާއެކުގަ އިގުތިސާދީ މިނިވަންކަން މި ޤައުމުގައި ގާއިމުކުރުމާއި ދިވެހިވަންތަކަމުގެ ސަގާފަތު މި ޤައުމުގައި ދެމެހެއްޓުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަން ފިކުރީ ހަނގުރާމައިގެ އޮއިވަރުތަކުން މި ޤައުމު ސަލާމަތްކޮށް އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓެވުމުގެ މައްޗަށް ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަކީ އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރި މީހުން ވީމާ އެކަމަށް ވަރަށް ސާބިތުކަމާއެކު ހެކިވަން.“

”ރައީސް ޔާމީންގެ ވެރިކަމުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެމަނިކުފާނަކީ ޒުވާނުންނަށް ފުރުސަތު ދެއްވި ބޭފުޅެއް. އެމަނިކުފާނަކީ ވަކި މީހެއްގެ ޢާއިލާއަކަށް ވަކި މީހެއްގެ އަނބިކަނބަލަކަށް ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން. ކިތަންމެ ނިކަމެތި ޢާއިލާއަކަށް ނިސްބަތްވި ނަމަވެސް އެ ޢާއިލާއަކަށް ނިސްބަތްވާ އެ ބޭފުޅެއްގެ ނުވަތަ އެ ޒުވާނެއްގެ ތަޢުލީމް، ގާބިލް ބޭފުޅެއްނަމަ ޤައުމު ހިންގުމުގެ ކަންކަން އެ ބޭފުޅަކަށް ނުވަތަ އެ ކުއްޖަކަށް ހަވާލުކުރުމަށް ފަސްޖެހިވަޑައިގަތް ބޭފުޅެއް ނޫން.“ މި ވަގުތު ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާ ގުޅޭ ގޮތުން ޑރ.ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީންގެ އެ ދައުރު އަލުން އިއާދަކުރުމަށް މިއަދު ޢަޒުމް އާ ކުރަންޖެހޭ ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

Tags: ހޯޕް ކޮންފަރެންސްޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުޕީޕީއެމް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޢަރަބިއްޔާގެ ކަންބޮޑުވުންތައް ހާމަކޮށްފި

ޢަރަބިއްޔާގެ ދަރިވަރުން މޫނު ނަގަން އަންގާތީ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In