ގޭގައި ނޯންނަވައި ނިކުމެވަޑައިގަތީ ރާއްޖެއިން ޑިމޮކްރަސީ ގެއްލޭތީ ކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ފެށި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ”ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
”އަޅުގަނޑަކީ ވެސް ސިޔާސީ ދާއިރާގަ އުޅޭތާ ވަރަށް ގިނަ ދުވަސްވެފައި ހުރި މީހެއް. މިއަދު އަޅުގަނޑަކަށް ނުޖެހޭ ސިޔާސީ މައިދާނަށް ނުކުމެ އުޅޭކަށެއް. އަޅުގަނޑަށް ވަރަށް ހިތްފަސޭހަކޮށް ވަރަށް އަރާމުގަ އުޅެވިދާނެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުގެ ޒަމީރު ގަބޫލެއްނުކުރޭ ސިޔާސީ މައިދާނުގައި ނޫޅެން.“ ކުރީގެ ރައީސް ވަޙީދު ވިދާޅުވިއެވެ.
ޑރ.ވަޙީދު ވިދާޅުވީ ޑިމޮކްރަސީ ގެންނަން ޅައިރުއްސުރެ ކުރައްވަމުން އައި މަސައްކަތަށް މިއަދު ބަޔަކު ހުރަސް އަޅާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން ޅައިރުއްސުރެ ކުރަމުން އައި މަސައްކަތް މިއަދު މި ވަނީ ބަޔަކު ހުރަސް އަޅައި ހުއްޓުވާފަ. އަޅުގަނޑުމެން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން މިއަދު މިވަނީ ނެތް އެއްޗަކަށް ހަދާފަ.“
ޑރ.ވަޙީދު ވިދާޅުވީ ޑިމޮކްރަސީ ހޯދުމަށްޓަކައި ލައްކަ ބުރަ މަސައްކަތްތަކެއް ކުރެއްވެވިއްޖެ ކަމަށާއި, އެ މަސައްކަތް ކުުރައްވަމުން ކުރައްވަމުން އައިސް މި ވެރިކަމުގެ ކުރިން އައި ހަތް އަހަރު ވެރިކަން ކުރީ ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން ކަމަށެވެ. ނަމަވެސް އެ ދުވަސް މިއަދު ބަދަލުވެފައިވާ ކަމަށް ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑުމެންގެ ޙައްޤެއް ނެތް. މި ޙައްޤުތައް ނެތީމާ އަޅުގަނޑުމެންނަށް މިއަދު މި ނިކުންނަންޖެހުނީ. އަޅުގަނޑުމެންގެ ޙައްޤުތަކާއިގެން ތެދުވެވަޑައިގެން ހެޔޮވެރިކަމެއް ކުރެއްވުމަށްޓަކައި މަސައްކަތް ކުރެއްވި ޒަޢީމް މިއަދު މިއޮތީ ޖަލުގަ.“
އުންމީދަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ކުރިމަތިލެއްވުން ކަމަށާއި އިރާދަކުރެއްވިއްޔާ ދެން އޮންނާނީ އެ ކޯލިޝަނުގެ ވެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެން ވެސް ޑިމޮކްރަސީ ގެނެވޭނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނީ އިދިކޮޅު ކޯލިޝަނަށް ކަމަށް ޑރ.ވަޙީދު ވިދާޅުވިއެވެ.
ކޮން ޑިމޮކްރަސީ އެއް ގެނެވޭނީ ބިރުވެރިކަން ގެނުވާ ބަޔަކަށް
Noon hama amillaedhunbodukamunq hanigothakunnamaves adhives aharudhuvahugenamaves verikameh libeythoa
Mikahalaechihibunan Dr wheedhuladhunugannaathee alhugandumenhamahairaanvan dimakurasee akee paalamentekee faarumathinukaalunthoeve