އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލުނީ ކ.ތުލުސްދޫ/ޕަރިސްތާ ޢުމުރުން 35 އަހަރުގެ މުޙައްމަދު މަހުދީއެވެ.
އޭނާ ގެއްލުނީ 31 ވަނަ ދުވަހު ހެނދުނު, އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިންނެވެ.
މިއަދު މެންދުރުފަހު މަހުދީގެ ދައްތަ އާމިނަތު އަރުޝީ ބުނީ ކޮއްކޮ މިހާރު ފެނިފައިވާ ކަމަށެވެ. ކޮއްކޮ ފެނުނީ މިއަދު ކަމަށް އޭނާ ބުންޏެވެ.
އަރުޝީ ވަނީ ކޮއްކޮ ހޯދުމަށް މަސައްކަތްކޮށް އަދި ދުޢާކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މަހުދީ އިންޑިއާގެ ކޮޗިންއަށް ދިޔައީ ބައިޕޯލާ ބަލީގެ ފަރުވާއަށެވެ. މަހުދީއާއެކު އޭނާގެ ބައްޕައާއި ޅިޔަނަކު ވެސް ދިޔައެވެ.