އައްޑޫ ސިޓީގެ ކައުންސިލަރު މުޙައްމަދު ފައިޞަލް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި ފޭދޫ މާދެލަ ދާއިރާގެ މެންބަރު މުޙައްމަދު ފައިޞަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިއަދުއެވެ.
އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއެކު މާލޭގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ.
ފައިޞަލް އެމްޑީޕީއާ ގުޅިވަޑައިގަތުމުން ކައުންސިލުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުވެ އެ ޕާޓީއަށް ވަނީ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު ލިބިފައެވެ.