އެމްޑީޕީގެ ތެރޭގައި ގޮފި ހެއްދެވުމުގެ މަސައްކަތް ކުރެއްވި ނަމަވެސް ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރައްވައިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރު އިބްރާހިމް ވަޙީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ އިބްރޭ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ގޮފި ހެދޭނެ ކަމަށާއި ޕާޓީގެ ރައީސް ނަޝީދު ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ އިދިކޮޅަށް އެއްވެސް ކަމެއް ކުރައްވާފާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
“ގޮފި ހެދޭނެ. ގޮފި ހެދުމަކީ ކެންޑިޑޭޓާ އިދިކޮޅަށް މަސައްކަތް ކުރުން ކަމަކަށް އަޅުގަނޑުމެން ނުބަލަން. ގޮތްޕަކީި މި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހެދޭ އަދި މި ދެންނެވި ގޮތަށް ފިކުރީ ގޮފިވެސް ހެދޭނެ. ދެން އެހެންނަމަވެސް އަޅުގަނޑުމެން ބަލާނަން ގޮފި ހިނގަނީ ގަވާއިދާ އެއްގޮތަށްތޯ. ފިކުރީ ގޮތްޕަކީ ކޮންމެހެން ވަކި ދާއިރާއެއްގެ މެންބަރުން އެކަނި ތިބެންޖެހޭ ގޮތްޕެއް ނޫން. ގަވާއިދު ބުނާ ގޮތުން އެ ފިކުރަށް ތާއީދުކުރާ އެންމެންނަށް ވެސް އެ ގޮފީގެ މެންބަރުންނަށް ވެވިދާނެ.“
“އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ ޕާޓީގެ ރައީސް ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަށް އެއްވެސް ކަމެއް ކުރައްވާފާނެ ކަމަކަށް. ދެން ކުރައްވަންޏާ އަޅުގަނޑުމެން އެންމެންނަށް ފެންނާނެ. އެހެންވެެއްޖިއްޔާ ގަވާއިދުގެ ތެރެއިން އަޅުގަނޑުމެން އެކަމެއް ހައްލުކުރާނަން.“
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީތެރޭގައި “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތަކެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ އެ ގޮފިތަކަށް މަދުވެގެން 50,000 މެންބަރުން ހަމަކުރެއްވުމެވެ. އެއަށްފަހު ކޮންގްރެސްއަކަށް ގޮސް ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް ނިންމެވުމަށެވެ.
Maves thikamaa ibrahimaa hama ehbas.