”ލޭ އޮހޮރުވުމަކަށް ގޮސްގެން ނަމަވެސް“ މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރްޔަމް ޝިއުނާ ގޮވައިލެއްވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު ޝިއުނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު ވަރަށް ހަރުކަށިކަމާއެކު ނުކުމެ ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ބަދަލުކުރަންވެއްޖެ ކަމަށެވެ.
”ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ޖައްބާރު ރައީސް ޞާލިޙް ހަމަބިމަށް ތިރިކުރަންވެއްޖެ. ޓްވީޓުކުރަން ތިބެގެން ވާކަށް ނެތް. ލޭ އޮރުވުމަކުން ވެސް [ވެރިކަން] ބަދަލުކުރަންވެއްޖެ.“
މި ކަމާ ގުޅިގެން ފުލުހުން ބުނީ nannaxeev@ ގެ ނަމުގައި ބޭނުންކުރަމުންދާ ޓްވިޓާ އެކުންޓުން ކުރި ޓްވީޓެއްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޝިއުނާ ވަނީ ފާޑުކިޔުން އަމާޒުވުމުން އެ ޓްވީޓު ޑިލީޓުކުރެއްވުމަށްފަހު އިތުރު ޓުވީޓެއް ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ޓްވީޓު ޑިލީޓުކޮށްލެއްވީ ބައެއް މީހުންނަށް އެއިން ނުބައި މާނައެއް ނެގިގެން އުޅޭތީ ކަމަށެވެ.
”ހަރުކަށި މާނައެއް ނެގުނުނަމަ މަޢާފު.“
އަދި އެއީ އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކައެއް ނޫން ކަމަށާއި ޤައުމަށްޓަކައި ޤުރުބާންވުން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމަށްޓަކާ ގުރުބާންވާ ގާލަތެއް ގައުމަށް ނާދޭ