ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކުރިއަށް އޮތީ ޕްރެޝަރު: ނަޝީދަށް ބޭނުންފުޅީ ބާރާއި ވެރިކަން

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ފެބްރުއަރީ 2, 2023
ރިޕޯޓް, ފީޗަރ
2
ކުރިއަށް އޮތީ ޕްރެޝަރު: ނަޝީދަށް ބޭނުންފުޅީ ބާރާއި ވެރިކަން

ވެރިކަން ބޭނުންފުޅު ނޫން ކަމަށް ރައީސް ނަޝީދު އެއްހާސް ފަހަރު ވިދާޅުވިޔަސް އެ މަނިކުފާނު ވެރިކަން ބޭނުންފުޅެވެ. ވެރިކަމަށް ވަޑައިގެންނެވެން އޮތް ރޭހެއް ނަމަ އެ ރޭހެއްގައި އެމަނިކުފާނު ވާދަކުރައްވާނެ އެވެ.

ނަޝީދު ވެރިކަމާއި ބާރު ބޭނުންފުޅު ގޮތަށް އެ މަނިކުފާނަށް ތާއިދު ކުރާ މީހުން ތިބީ ނަޝީދަށް އާރާއި ބާރާއި ވެރިކަން ހޯދައި ދިނުމަށް އިންތިހާއަށް ބޭނުންވެފައެވެ. ނަމަވެސް އެއީ މާ ގިނަ ބައެއް ނޫނެވެ! ނަޝީދުގެ ވަށައިގެން އެނބުރެމުންދާ މީސްމީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންނަށް ވަޒީފާއާއި ތަނަވަސްކަން ލިބެން އޮތީ ނަޝީދަށް ވެރިކަމާއި ބާރު ލިބިވަޑައިގަތުމުންނެވެ.

ބަރުލަމާނީ ބިލާހެއް

ގޮތްދޫނުރެއްވުމާއި މަޝްވަރާގެ ރިވެތި އުސޫލުތަކާ ދުރުހެލި، ރައީސް ނަޝީދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަވައި ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ދެކެވަޑައިގެންނެވި ހުވަފެން ވަނީ ބިލާހަކަށް ވެފައެވެ. އެކަމުގެ އަލިމަގެއް ފެންނާން ނެތީ ކުޑައިރުގެ އެކުވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނަޝީދުގެ ވާދަވެރިންކަމުގައިވާ ރައީސް މައުމޫނާއި ރައީސްކަމަށް ވާދަކުރައްވާ ޤާސިމް އިބްރާހީމާއި ޢަދާލަތު ޕާޓީގެ ޢިމްރާން ވެސް ނަޝީދުގެ އެ ފިކުރަށް ތާއިދު ނުކުރެއްވުމުގެ ސަބަބުންނެވެ. ހަމައެޔާއެކު ރައީސް ޔާމީން ވެސް ހުންނެވީ ބަރުލަމާނީއަކަށް ޖާގަދެއްވައި ޕާލަމެންޓުގެ މެންބަރުންނަށް ހުރިހާ ބާރެއް ދެއްވާގޮތަކަށް ނޫނެވެ.

އެމްޑީޕީގައި ނަޝީދުގެ ބާރު ކުޑަވުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ނަޝީދަށް ނާކާމިޔާބާ ކުރިމަތިވެވަޑައިގަތުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމަކީ ނަޝީދުގެ އާރާއި ބާރު އެމްޑީޕީ ތެރެއިން ވަރަށް ބޮޑަށް ކުޑަވެގެން ދިއުމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކޯލިޝަން ބައިވެރިންނަށް ކެބިނެޓާއި އެމްބަސީތަކުންނާއި ސަރުކާރުގެ އިސް މުއައްސިސާތަކުންނާއި ކުންފުނިތަކުން މަތީ މަގާމުތައް އެއްބަސްވުމެއްގެ ދަށުން ލިބިގެންދާއިރު ނަޝީދަށާއި ނަޝީދުގެ ސަޕޯޓަރުންނަށް ލިބޭނެ އެއްޗެއް ނެތެވެ. އާރާއި ބާރު ލިބެނީ ރައީސް ޞާލިޙަށާއި ކޯލިޝަންގެ ބައިވެރިންނަށެވެ. މަގުމަތި ވަނީ ނަޝީދުގެ ޚާއްޞަ ބައިވެރިންނާއި ސަޕޯޓަރުންނެވެ. ފެންނަނީ ނަޝީދުގެ އޮފުކަން ކެނޑި ހުލިވެގެންދާ މަންޒަރެވެ.

އިންތިޚާބުގައި މަކަރު

ރައީސް ޔާމީނު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރެއްވި ދުވަސްވަރު ސަރުކާރުގެ މުދަލާއި ތަކެއްޗާއި ނުފޫޒު ބޭނުންކުރައްވައިގެން ކެމްޕޭނު ކުރައްވާކަމަށް އެންމެ ގަދަޔަށް ވާހަކަދެއްކީ އެމްޑީޕީއާއި އެމްޑީޕީގެ ކޯލިޝަން ބައިވެރިންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރެއްވި ދުވަސްވަރު ރައީސް ސާލިޙް ދައުލަތުގެ މުދަލާއި ތަކެތި ކެމްޕޭން ކުރެއްވުމަށް ބޭނުންކުރެއްވި ކަމަށް ވާހަކަ ދެއްކީ ހަމަ އެމްޑީޕީގެ މެންބަރުންނެވެ. އެއިން ކަމެއް ބަލައި ތަހުގީގެއް ނުކުރެވެއެވެ.

އެމްޑީޕީގެ އެތެރޭގެ އެކިއެކި އިންތިޚާބުތަކުގައި ހަދާފައިވާ ބޮޑެތި މަކަރާއި ހީލަތާއި ކޮށްފައިވާ ވައްކަން ހާމަވާނީ ބޯގަންވިލާ އިބްރާހީމް އިސްމާޢީލާއި ޑޮކްޓަރ މުޙައްމަދު މުނައްވަރާއި ޑޮކްޓަރ އިބްރާހީމް ދީދީ (ދަތު ދީދީ) ފަދަ ބޭފުޅުން ތެދުވެރިކަމާއެކު ވާހަކަދެއްކެވި ދުވަހަކުންނެވެ.

ކޯލިޝަން ސަރުކާރުގައި އަނބިދަރިންނަށް ވަޒީފާ

އެމްޑީޕީ ކޯލިޝަން ސަރުކާރުން ފެންނަނީ ކޯލިޝަންގެ ބައިވެރިންގެ އަނބިދަރީންނަށް ވެސް ވަޒީފާގެ ފުރުސަތު ލިބިފައިވާ ތަނެވެ. ޢަދާލަތު ޕާޓީގެ ޢިމްރާނަށް މިނިސްޓަރކަމެވެ. އަނބިކަނަބަލުންނަށް ނާއިބު ކަމެވެ. ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އެއް އަނބިކަނބަލުން އާޢިޝާއަށް ޓްރާންސްޕޯޓު މިނިސްޓަރ ކަމެވެ. ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާއަށް މިނިސްޓަރ ކަމެވެ.

އެމްޑީޕީގެ ރައީސް ނަޝީދަށް އެމްޑީޕީ، ސަރުކާރުގެ ތެރެއިން ލިބިވަޑައިގެންނެވި އެއްޗެއް ނެތެވެ. ނަޝީދުގެ އަރިސް ބޭފުޅުން ތިއްބެވީ އެމަނިކުފާނު ރައީސްކަމުން އިސްތިއުފާ ދެއްވި ފަހުން މަގުމަތި ވެފައެވެ. އެމްޑީޕީއަށް ޓަކައި ގުރުބާންވީ އެތައް ބަޔަކު ތިބީ އެމްޑީޕީގެ ވެރިކަމުގައި ބާކީވެފައެވެ. ރައީސް ޞާލިޙަށް އެމްޑީޕީ ތެރެއިން ފުރައްސާރަކުރަމުން ދަނީ އެފަދަ މީސްމީހުންނެވެ.

ނަޝީދުގެ ގޮފި

ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު އެމްޑީޕީގައި ހުންނަވައިގެން ހައްދަވަން ބޭނުންފުޅުވާ ގޮފިތަކަކީ ޕާޓީގައި ހުންނަވައިގެން ޕާޓީ ތެރެއިން އާރާއި ބާރު ހޯއްދެވުމެވެ. އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޢަދާލަތާއި ޖުމްހޫރީ ޕާޓީއާއި މައުމޫންގެ ޕާޓީއަކީ މިހާރު ރައްޔިތުންގެ މެދުގައި އެހާ މަގުބޫލު ޕާޓީތަކެއް ނޫނެވެ. އެ ތިން ޕާޓީއަށް ވެސް ރާއްޖޭގެ ކަންކޮޅުތަކުން 50 ހާސް ވޯޓު ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ރައީސް ނަޝީދަށް އެމަނިކުފާނު ބޭނުންފުޅުވާގޮތަށް ގޮފިތައް ހައްދަވައި 50 ހާސް މެންބަރުން އެއްކުރެވިއްޖެ ކަމަށް ވާނަމަ، ނަޝީދުގެ ގޮފިތައް ކޯލިޝަންގެ ތިން ޕާޓީއަށް ވުރެ ވަރުގަދަ ވާނެ ކަމަށް ދެކޭ އެތައް ބަޔަކު އެމްޑީޕީ ތެރޭގައި އެބަ ތިއްބެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި އޭރުން ”ރައީސް ނަޝީދަށް ހައްގުވާ މިންވަރު“ އެމްޑީޕީން ނަޝީދަށް އަރުވަން ޖެހޭނެއެވެ. ނަޝީދު ބޭނުންފުޅުވާ ބޭފުޅުންނަށް ކެބިނެޓުންނާއި އެމްބަސީތަކުންނާއި ކުންފުނިތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން ވަޒީފާ ދޭން ޖެހޭނެއެވެ.

ނަޝީދުގެ ޕްރެޝަރު އަދި ނުނިމޭ

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން ދާއިރު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ދެ ޕްރެޝަރަކީ ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީނާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ޕްރެޝަރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ޞާލިޙަށް ކުރި ލިބިވަޑައިގަތުމަކީ ރައީސް ނަޝީދު މައިތިރި ކުރެވުމެއް ނޫނެވެ. ނަމަވެސް އެއީ ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

އެމްޑީޕީން ބޭނުންހާ ގޮތެއް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވާނެ އެވެ. އޭނާއަށް ވެރިކަމާއި ބާރު ބޭނުންފުޅެވެ.

ހަމައެގޮތަށް ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ އިންތިޚާބެއް ޕީޕީއެމުން ގަބޫލެއް ނުކުރާނެ އެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރައީސް މުހައްމަދު ނަޝީދުއެމްޑީޕީ

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މޭޔަރު

ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މޭޔަރު

މާރޗް 23, 2023
”ފިކުރެއްގެ ދިރުން“ ފެކްޝަނުން ޖޭޕީއާ ގުޅިއްޖެ، މެނިފެސްޓޯއެއް އެކުލަވައިލަނީ

”ފިކުރެއްގެ ދިރުން“ ފެކްޝަނުން ޖޭޕީއާ ގުޅިއްޖެ، މެނިފެސްޓޯއެއް އެކުލަވައިލަނީ

މާރޗް 23, 2023
އެންމެ ފުރަތަމަ ވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ މިނިވަންކަން ހޯދައިދިނިން: ރައީސް

ހަސަދައާއި ނަފްރަތުން އެއްކިބާވެ، ގުޅުން ބަދަހިކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މާރޗް 22, 2023

Comments 2

  1. Eydhafushi Mabrook says:
    2 months ago

    Anni akee ma kamala fail vela huri leader eh. Anni ah dhen no

    Reply
  2. Mabrook says:
    2 months ago

    Anni akee ma kahala fail vefa huri leader eh

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In