ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް) އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ލީނާއެވެ.
ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ހުނާނާ ލަޠީފް އެވެ.
ސީއެފްޕީއެސްއިން ބުނި ގޮތުގައި މި އެއްބަސްވުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ސަރވިސްއާއި އޯޝަން ވޮރިއަރސް ޕްރައިވެޓް ލިމިޓެޑު ގުޅިގެން ކުރިއަށް ގެންދާ ”ޔޫތު ރެޒިލިއަންސް ޕްރޮގްރާމް“ ގައި ކުދިން ބައިވެރިކުރުވުމާ ގުޅޭ ގޮތުން ގާއިމުކުރެވުނު އެއްބަސްވުމެކެވެ.