”ލޭ އޮހޮރުވުމަކަށް ގޮސްގެން ނަމަވެސް“ މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރްޔަމް ޝިއުނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެ މައްސަލަ ބަލަން ފުލުހުންނަށް ގޮވާލައިފިއެވެ.
މިއަދު ހެނދުނު ޝިއުނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަވަމުން ކަމަށާއި, ލޭ އޮހޮރުވުމަކުން ވެސް ސަރުކާރު ބަދަލުކުރަންވެއްޖެ ކަމުގައެވެ.
ނަމަވެސް ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ އެ ޓްވީޓު ޑިލީޓް ކުރައްވައިފައެވެ.
އެ ޓުވީޓު ޑިލީޓު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޝިއުނާ ވިދާޅުވީ ޓްވީޓު ޑިލީޓުކޮށްލެއްވީ ބައެއް މީހުންނަށް އެއިން ނުބައި މާނައެއް ނެގިގެން އުޅޭތީ ކަމަށެވެ. އަދި ”ހަރުކަށި މާނައެއް ނެގުނުނަމަ މަޢާފު“ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކައެއް ނޫން ކަމަށެވެ. އަދި ޤައުމަށްޓަކައި ޤުރުބާންވުން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެ މައްސަލަ ބަލަން ފުލުހުންނަށް ގޮވާލައިފައިވާއިރު ފުލުހުން އަދި މިކަމާ ”ރިއެކްޓެއް“ ނުކުރެއެވެ.
މުސްލިމުންގެ މައްޗަށް އޮތީމަ އެންމެހާ މުސްލިމުން ހިމެނޭކަން ނޭގޭ ތަރުޖަމާނެއް ދެއްތޮ….