އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެމްޓީސީސީން ވިލިމާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތަށް މާދަމާ އަގު ނަގަން ފަށަނީ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 2, 2023
ޚަބަރު
0
އެމްޓީސީސީން ވިލިމާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތަށް މާދަމާ އަގު ނަގަން ފަށަނީ

ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން އެމްޓީސީސީން ވިލިމާލޭގައި ދެމުން އަންނަ އީވީ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާ ގޮތަށް ނިންމައިފިއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށީ މީގެ ދެ ހަފުތާ ކުރިންނެވެ. އެ މުއްދަތުގައި އޮތީ ހިލޭ ދަތުރުތައް ކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ. އެ ކުންފުނިން މިއަދު ބުނީ މާދަމާއިން ފެށިގެން އަގު ނަގާނެ ކަމަށެވެ.

ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ މި ޚިދުމަތަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަންގަވައިގެންނާއި، ކޮންކްޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ޑެބިޓް ކާރޑް ނުވަތަ ކްރެޑިޓް ކާރޑް މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓް ބައްލަވައިގަނެގެން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަހުގެ ތެރެއިންނެވެ. ނަމަވެސް ޓާމިނަލްތަކުން ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ބައްލަވައިގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ނުހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

”ބައްލަވައިގަންނަވާ ޓިކެޓުގެ ފައިސާލާނެ ޚާއްސަ ފޮއްޓެއް ބަސް ތެރޭގައި ބެހެއްޓިފައި ހުންނާނެ. ބަސް ތެރޭގައި ފައިސާ މާރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމާއެކު ހުރިހާ ބޭފުޅުން ވެސް ސީދާ ޓިކެޓުގެ އަގު ހަމަވާނެހެން ފައިސާ ގެންނެވުމަށް ދަންނަވަން.“

އެމްޓީސީސީން ބުނީ ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައިނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި, ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުން ކަމަށެވެ. އަދި ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަޖައްސާފައިވުމުގެ މައިގަނޑު މަގުސަދަކީ އިސް ރަށްވެހީންނަށް މި ޚިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުން ކަމަށެވެ.

”ކިޔު.އާރް. ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯ އަޅުގަނޑުމެންގެ އާރްޓީއެލް ޔޫޓިއުބް ޗެނަލުންނާއި މީސްމީޑިއާގެ މަންސަތަކުގައި ޝާއިއު ކުރެވިފައި ހުންނާނެ. އަދި އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ. ކިޔު.އާރް. ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުއްވުމަށްފަހު ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދިމާކުރުމަށްފަހު ސްކޭން ކޮށްލައްވަން ޖެހޭނެ.“ އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދުނިޔޭގެ ކޮންމެ ބޭންކެއްގެ ވެސް ކޮންޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތުގައި ވެސް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މާސްޓަރކާރޑާއި, ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުންވާ ވެލިޑޭޓަރ ވިލިމާލޭގެ ހުރިހާ ބަހެއްގައި ވެސް ހަރުކުރެވިފައި ހުންނާނެ ކަމަށާއި, ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު, ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރގެ ސްކޭނަރގައި ޓެޕްކޮށްލުމުން ނުވަތަ ޖައްސައިލުމުން ވަގުތުން ފައިސާ ދެއްކޭނެ ކަމަށެވެ.

”ޓްރައިއަލް މުއްދަތަށްފަހު ޓިކެޓް ނަންގަވައިގެން ދަތުރުކުރަން ފެށުނަސް މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި, 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައިގަންނަވާނެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ. މީގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ.“

އެމްޓީސީސީން ބުނީ ވިލިމާލޭ ބަހުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލަވައިލެވެން ހުންނާނެ ކަމަށެވެ.

”އާރްޓީއެލް ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށިގެން މިވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ކަސްޓަމަރުންގެ ފަރާތުންނާއި ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތްޕުޅުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ވީހާވެސް ލުއިފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންމަތީ ދެމިތިބުން“ އެމްޓީސީސީން ބުންޏެވެ.

Tags: އާރްޓީއެލްއެމްޓީސީސީ

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In