ސައުދީ އަރަބިއްޔާގެ ތަބޫކުގެ އުމުރުން 83 އަހަރުގެ ޢަލީ އަލްބަލާވީ އޭނާގެ 11 ވަނަ ކައިވެނި ކޮށްފިއެވެ.
އަރަބި މީޑިއާތަކުން ބުނާ ގޮތުގައި ކައިވެނީގެ ހަފްލާގައި އޭނާގެ އާއިލާގެ ގިނަ އަދަދެއްގެ މީހުންނާއި އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޢަލީ އަލްބަލްވީ މީގެ ކުރިން ކުރި ކައިވެނިތަކަށް 18 ފިރިހެން ދަރިންނާއި 20 އަންހެން ދަރިން ލިބިފައިވާއިރު، އޭނާގެ 88 ކާފަދަރިންނާއި މުނިކާފަ ދަރިން ވެސް އެބަތިއްބެވެ.
ޢަލީ އަލްބަލާވީ ބުނާ ގޮތުގައި އޭނާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ހުރީ ވެސް ހަމަ އޭނާ އެކަންޏެވެ.
އުމުރުން 83 ވަނަ އަހަރުގައި އޭނާގެ 11 ވަނަ ކައިވެނި ކުރި ޢަލީ ބުނި ގޮތުގައި މިވަގުތު އޭނާއާ އިނދެގެން 4 އަނބިން އެބަތިއްބެވެ.