މިއަހަރު އިނގިރޭސިވިލާތުގެ އިގުތިސާދު ރަޝިޔާއަށް ވުރެ ގޯސްވާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)އިން ބުނެފިއެވެ.
އިނގިރޭސި އިގުތިސާދު ދަށްވުމާ ގުޅޭ ގޮތުން އައިއެމްއެފްއިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރު އިނގިރޭސިވިލާތުގެ އިގުތިސާދު ރަޝިޔާ ހިމެނޭ ގޮތަށް ތަރައްގީވެފައިވާ ހުރިހާ ގައުމުތަކަށް ވުރެ ގޯސްވާނެ ކަމަށެވެ.
އައިއެމްއެފްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އިނގިރޭސިވިލާތުގެ އިގްތިސާދު މިއަހަރު %0.3 ގެ ބަދަލުގައި %0.6 ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަންނަ އަހަރު އިގުތިސާދު %0.9 ކުރިއަރާނެ ކަމަށް ލަފާ ކުރެވެނީ ސަރުކާރުން އަޅާނޭ ރަނގަޅު ރަނަގަޅު ފިޔަވަޅުތަކާއި އިސްނެގުމެއްގެ ސަބަބުންނެވެ.
އައިއެމްއެފް އިން ބުނާ ގޮތުގައި ގޭހުގެ އަގު ބޮޑުވުމާއި އިންޓަރެސްޓް ރޭޓް ބޮޑުވުމަކީ އިނގިރޭސިވިލާތުގެ އިގުތިސާދު ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެވެ.
ޗާންސެލާ ޖެރެމީ ހަންޓް ވަނީ ޕްރެޝަރު ކުރި ނަމަވެސް ބަޖެޓުގައި ޓެކްސް ކުޑަކުރުމާ ދެކޮޅު ހައްދަވާފައެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސޮނާކް ވަނީ މި އަހަރުގެ އިންފްލޭޝަން ރޭޓް ދެބައިކުޅަ އެއްބައި ކުޑަކުރުމަށް ވައުދުވެ ވަޑައިގެންފައެވެ.
އިނގިރޭސި ވިލާތަށް ކުރިމަތިވަމުންދާ އިގުތިސާދީ ދަތިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.