އެމްޑީޕީ މެންބަރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް އެރުވީ ހިތްޕުޅާވާހައި ބައެއްގެ އަތް މައްޗަށް ސަރުކާރުގެ ވުޒާރާތައް ދޫކޮށްލެއްވުމަށް ނޫން ކަމުގައި އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓު ދިން މީހުންގެ %61.10 އާ އެކުއެވެ.
57,255 މީހުންނަށް ވޯޓު ދެވޭ ގޮތަށް އޮތް އެ އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓު ދިނީ 24,566 މީހުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 15,641 (%38.90) ވޯޓެވެ.
އިބްރާ މިއަދު ވިދާޅުވީ ޕާޓީގެ މެންބަރުން ރިޔާސީ ޓިކެޓް އެރުވީ އަދި ހަމަ ހިތްޕުޅާވާހައި ބަޔަކު އަތްމައްޗަށް ސަރުކާރުގެ ވުޒާރާތައް ދޫކޮށްލެއްވުމަށް ކަމަކަށް ރައީސް ޞާލިޙް ވެސް ވިސްނަވައިގެން ނުވާނެ ކަމަށެވެ. އެއީ މައުމޫނީ ވިސްނުންފުޅެއް ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
2018 ގައި އެމްޑީޕީން ވެރިކަމަށް އައީ ޢަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް ހިމެނޭ ކޯލިޝަނަކުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޞާލިޙްގެ ވިސްނުންފުޅު ހުރީ ކޯލިޝަނަކާއެކު އަދިވެސް ކުރިއަށް ވަޑައިގަތުމަށެވެ.
އިބްރާ ވިދާޅުވީ ސިޔާސީ ކޯލިޝަނެއް ހެދޭނީ އެއް އަމާޒަކަށް ދަތުރު ކުރާ ޕާޓީތަކަށް ކަމަށާއި އެހެންނޫނީ އެ ވާނީ ވެރިކަމުގެ ބާރު ކޮންމެހެން ވެސް ބޭނުންވެގެން އެއްވާ ބައިގަނޑަކަށް ކަމަށެވެ. އަދި އެމްޑީޕީއަކީ ޤާނޫނުގެ ވެރިކަމަށް ގޮވާ ބައެއް ކަމަށާއި ނަމަވެސް ޢަދާލަތަކީ ޤާނޫނު ހެދުމަކީ ޙަރާމްކަމެއްކަމަށް ބުނާ ބައެއް ކަމަށް އިބްރާ ވިދާޅުވިއެވެ.
އަބަދުވެސް ފިތުނަ ފަސދަ އުފެއްދުމާ ދީނަށް ފުރައްސާރަކުރުމުގަ އަވަދިނެތިއުޅޭމު މިޒަމާނުގެ އުބައްޔުބުނުސަލޫލު. ބަލަމިހިރަމަރުމޯލާ އެތަށްބައެއްގެ ބުރަމަސައްކަތާ އަވަދިނެި އުޅުމުންނޭވެރިކަމަށް އައީ
ދެން ތިޔަ ކިޔަނީ ހަނދީ މުއްގަޑޭތަ?