ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ ހުވަފެން ތަކުގައި ކުލަ ޖެއްސޭނެވަރުގެ ބުއްދިވެރި ލީޑަރެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުންގެ ހުވަފެން ތަކުގައި ކުލަ ޖެއްސޭނެވަރުގެ ވިސްނުންތެރި، ބުއްދިވެރި ލީޑަރެއް ކަމަށާއި އެ މަނިކުފާނު އެ ކޮށްދެއްވަނީ ”ހެޔޮ ވެރިކަން“ ކަމަށެވެ. އަދި އެމަނިކުފާނަކީ ޤައުމުގެ ސުލްހަ މަސަލަސްކަމަށް އިސްކަން ދެއްވައި އަމަންއަމާންކަން ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ޝަރިފް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ޞާލިޙަކީ އިގުތިސާދު ކުރިއަރުވަން ގަދައަޅައި މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް ވެސް ޝަރިފް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ.