ލޯންޗެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ކ.ތުލުސްދޫ ކަނޑު އޮޅިއަށް ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ނިިޔާވީ ޕޮލެންޑަށް ނިސްބަތްވާ ފިރިހެނެކެވެ.
ލޯންޗުގެ ބުރަފަތީގައި ޖެހުމުން ބަނޑު ފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުތް އިރު، އެ ހާދިސާގައި އޭނާގެ އެއް އަތް ވެސް ބުރިވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އެ އަތް ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ނަމަވެސް އޭނާއަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ސާފެއް ނުވެއެވެ.