މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީއަށް 741 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ 03 ވަނަ ކުއާޓާގައި ލިބުނު 593 މިލިއަން ރުފިޔާއާ އަޅާބަލާއިރު %24 އިތުރު ޢަދަދެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީއަށް ލިބުނު ޢާމްދަނީ އިތުރުވި ނަމަވެސް ޓެކްސްއަށް ކެނޑުމުގެ ފަހުން ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު ޢާމްދަނީ ވަނީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާއަށްވުރެ ދަށްވެފައެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 40.5 މިލިއަން ރުފިޔާއެވެ. ފަހު ކުއާޓާގައި ފައިދާގެ ގޮތުގައި ލިބުނީ 30.2 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ ޢަދަދު ދަށްވުމުގެ ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމެން ދިއުމާ ގުޅިގެން ކުރަންޖެހޭ ހޭދަތައް އިތުރުވުމެވެ.