މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވައިލި ފުރުސަތު އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ފުރުސަތު ހުޅުވައިލީ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ މި މަހުގެ 06 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ މުއްދަތު މި މަހުގެ 08 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި, އިގުރާރާއި, ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 އަދި 8 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ.
ބްރޯޑްކޮމްއަކީ 07 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ގައިސް އިސްތިއުފާދެއްވުމާ ގުޅިގެން މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ މި މަހުގެ 12 ވަނަ ދުވަހު ވެސް މެންބަރުކަމަށް ހުޅުވައިލިއެވެ.