ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް އިލެކްޝަން ކޮމިޝަނުން 200 އަށްވުރެ ގިނަ ވަޒީފާއަށް ހުޅުވާލައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް އީސީން ވަނީ 265 ވަޒީފާއަށް ހުޅުވާލައިފައެވެ.
ސީން ހުޅުވައިލި މަޤާމުތައް:
203 އޮފިސަރުން.
39 ސީނިއާ އޮފިސަރުން.
08 މެނޭޖަރުން.
01 ސީނިއާ އޮފިސަރު (މީޑިއާ).
03 ގްރެފިކްސް ޑިޒައިނަރުން.
03 ޓެކް އޮފިސަރުން.
06 މަސައްކަތު މީހުން.
02 އެސިސްޓެންޓް މާސްޓާ ޓްރެއިނަރުން.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް 30 އެވެ.
މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވާންޖެހޭނެއެވެ. އަދި ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން ހިމެނެއެވެ.