ވ.ފެލިދުއާއި, ވ.ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫޢު ހަވާލުކުރީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. ސާސް-އީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސަޢުދުﷲ އަޙްމަދެވެ.
މި މަޝްރޫޢު ހަވާލުކުރީ 33,793,128.23 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.