ބަލިވެގެން އެޑްމިޓްކުރަންޖެހޭ ކުދިންގެ ޢަދަދު އިތުރުވެ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެއެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑަކީ 32 އެނދުގެ ޖާގަ ހިމެނޭ ވޯޑެކެވެ.
”ކުޑަކުދިންގެ ވޯޑު ފުރިއްޖެ. އަރިއަތޮޅުން މަދިރިއެއް ހަފައިގެން (ޑެންގޫ ޖެހިގެން) އައި ކުއްޖަކު ވެސް އެ އޮތީ އީއާރްގައި.“ ކުޑަކުދިންގެ ޑޮކްޓަރު އަޙްމަދު ފައިޞަލް ކުރެއްވި ޓުވީޓެއްގައި ވެއެވެ.
އެޑްމިޓްކޮށްފައިވާ ކުދިންގެތެރޭގައި ގިނައީ ނިއުމޯނިއާ, ޑައިރިއާ, ގޭސްޓްރައިޓިސް, ޑެންގޫއަށް ފަރުވާ ހޯދާ ކުދިން ކަމަށް ޑރ.ފައިޞަލްއާ ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މީގެއިތުރުން އެސްތުމާއަށް ފަރުވާ ހޯދާ ކުއްޖަކު އައިސީޔޫގައި ވެސް އެބައޮތެވެ.