އއ.މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނީ ޢުމުރުން 65 އަހަރަށްވުރެ ދޮށީ މީހެއް ކަމަށްވާ މަތިވެރި/ރިވެލި, ޙަސަން ޢަލީ (ހަސަންފުޅު) އެވެ.
ހަސަންފުޅު އެންމެ ފަހުން ފެނުނުކަމަށް ބުނަނީ ރޭގެ މަޣްރިބު ނަމާދުން ފޭބި ވަގުތުގައެވެ.
ހަސަންފުޅަކީ ޢާންމުކޮށް ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެއް ކަމަށްވާތީ މޫދު ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ހަސަންފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މަތިވެރީ ކައުންސިލުގެ ރައީސްގެ ނަންބަރު 9935959 އަދި ކައުންސިލް އިދާރާގެ ނަންބަރު 6660058 އަށް ގުޅުމަށް މަތިވެރީ ކައުންސިލުން ވަނީ އެދިފައެވެ.