ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް ޢާއިލާއިން ބުނެފިއެވެ.
އިއްޔެ ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނީ ކ.ތުލުސްދޫ/ޕަރިސްތާ ޢުމުރުން 35 އަހަރުގެ މުޙައްމަދު މަހުދީއެވެ.
މަހުދީގެ ދައްތަ އާމިނަތު އަރުޝީ މިއަދު ”ދިޑެއިލީ“ އަށް ބުނުއްވީ ކޮއްކޮ އަދިވެސް ފެނިފައިނުވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބައްޕައާއި ޅިޔަނަކާއެކު މަހުދީ އިންޑިއާގެ ކޮޗިންއަށް ދިޔައީ ބައިޕޯލާ ބަލީގެ ފަރުވާއަށެވެ.
މަހުދީ ގެއްލުނީ އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިންނެވެ. މަހުދީގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 7889180 އަދި 7971667 ނަންބަރަށް ގުޅުމަށް ޢާއިލާއިން ވަނީ އެދިފައެވެ.