ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކާއި ބްރާންޗުތައް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ހަމަޖައްސާފައިވާ 2000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލައިފިއެވެ.
މި ބަދަލާއެކު ބީއެމްއެލްގެ ޑޮލަރު އެކައުންޓްތަކުން މިހާރު ކޮންމެ ދުވަހަކު ގިނަވެގެން ނެގޭނީ 1600 ޑޮލަރެވެ.
ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނަނީ ހ.މެރިން ޑްރީމް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް, ހުޅުމާލޭ ރެނާޓަސް އިތާމުތް ފުލެޓް ޢިމާރާތުގައެވެ.
މީގެއިތުރުން ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3000 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްތައް ކުރެވޭނެއެވެ. އަދި ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.