ޢާާންމު ހިއްސާދާރުންގެ ފަރާތުން ބޭންކު އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރާ 03 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުލުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ އެކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު މާޗު 01 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެ ބޭންކުގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެ ކަމަށެވެ. ނުވަތަ އެ ބޭންކުގެ ކުންފުނީ ސެކްރެޓަރީ mv.com.bml@samah އަށް އީމެއިލް
ކުރުމަށް ވަނީ އެދިފައެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުން އަދި ބޭންކުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3330192 ނުވަތަ 3330195 ނަންބަރާ ގުޅުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.
މި މަޤާމަށް ކުރިމަތި ލެވޭނީ ޢުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
ބީއެމްއެލްއިން ބުނީ ބޭންކުގެ ބޯޑުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ބޭންކުން އަބަދުވެސް މަރުހަބާ ކިޔާކަމެއް ކަމަށެވެ.