ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ޢާންމުކުރި ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އިން ދައްކައިފިއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކުރާ ސީޕީއައިއިން ދައްކާ ގޮތުގައި ރާއްޖެ އޮތީ ކޮރަޕްޝަން އިންޑެކްސްގެ 85 ވަނައިގައެވެ.
2021 ވަނަ އަހަރުވެސް ރާއްޖެ އޮތީ 85 ވަނައިގައެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކޮރަޕްޝަންގެ ކަންކަން ހައްލުކުރަން ރާއްޖެއަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.
އަދި އެކަމާ ގުޅޭ ޤާނޫނުތައް ހެދިފައިވީ ނަމަވެސް ޤާނޫނުތައް ތަންފީޒު ކުރެވެމުން ނުދާކަމަށާއި އެ ގޮތުން ސިޔާސީ މީހުން ޒިންމާދާރު ނުކުރެވޭކަން ވެސް ފާހަގަކޮށްފައިވެއެވެ.