އެމްޑީޕީއަކީ ލާދީނީ ފިކުރެއްކަމަށް ބުނާ ޢަދާލަތުން އެ ޕާޓީއާ ކޯލިޝަން ހަދަނީ ކީއްވެތޯ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް ސުވާލު ކުރައްވައިފިއެވެ.
އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓައިލުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ޕާޓީއެވެ. އިތުރު ޕާޓީތަކާއި މަދަނީ ބައެއް ޖަމްޢިއްޔާތަކާއެކު ނުކުމެ އޭރު ގޮވަމުން ދިޔައީ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބައެއް ކަމަށެވެ.
ނަމަވެސް ދެން ފެނިގެން ދިޔައީ އެމްޑީޕީ އަލުން ވެރިކަމަށް ގެންނަން ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ފެއްޓެވި ތަނެވެ. މިއަދު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން އަންނަ ރިޔާސީ އިންތިޚާބާމެދު ނިންމާނެ ގޮތް އަދި ރަސްމީކޮށް ހާމަނުކުރިޔަސް އެ ޕާޓީގެ އިސް ބޭފުޅުން އަންނަނީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ހޯދައިދިނުމަށް ކެމްޕޭން މީސްމީޑިއާގައި ކުރައްވަމުންނެވެ. އެ ޕާޓީގެ ރައީސް ޝައިޚު އިމްރާން ކުރައްވާ ޓުވީޓުތަކުން ވެސް އެކަން ހާމަވެގެންދެއެވެ.
އިބްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ސުވާލު ކުރައްވާފައިވަނީ އެމްޑީޕީއަކީ ލާދީނީ ފިކުރެއްކަމަށް ބުނާ ޢަދާލަތުން އެ ޕާޓީއާ ކޯލިޝަން ހަދަނީ ކީއްވެތޯއެވެ. އަދި ކޮންމެ ކެންޑިޑޭޓަކު ހުއްޓަސް އެމްޑީޕީ އަކީ ހަމަ އެމްޑީޕީކަމަށް އިބްރާ ވިދާޅުވިއެވެ.
ޢަދާލަތު ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާަގައި ވާހަކަދައްކަަވަމުން އިމްރާން ވަނީ މާތްވެގެންވާ އިސްލާމްދީނާއި، ޤައުމުގެ ސިޔާދަތާއި، މިނިވަންކަން ރައްކާތެރިވެ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް އަދާކޮށްދޭހައި ހިނދަކު ޢަދާލަތު ޕާޓީއާއި ސަރުކާރާއި އެންމެ އިންޗިއެއް ވެސް ދުރުވެގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އަސާސްތަކުން ފަހަތަށް ޖެހިލައިފި ހިނދަކު ކޯލިޝަން ރޫޅާލައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރުމަށް ޢަދާލަތު ޕާޓީން ފަހަކަށް ނުޖެހޭނެ ކަމަށާއި މިއީ ޕާޓީގެ ނިންމުން ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެއެވެ.
ކަލޯ ތިޔައީ މިދިވެހި ރާއްޖެއިން އިސްލާމއދީން ނައްތާލަން މަސައްކަތްކުރާ ބޮޑުމުރުތައްދު ޝަހިންދާގެ ބޭބެ އެއްނު ތިޔަގެއަކީ އެފިކުރުގެ ގެއެއްވީމަ ވާނެގޮތަކީ
އޑީގަހުންނައެއްޗެއްދޯމައްޗަށް ނުކުންނާނީ! މިހާރު ކަލޯތިޔައީ މިޤަވްމުގެމީހުންބަލައިގަންނަ މީހެއްނޫން!
ދެންވެސް އަނގަނުގަޅާ ތިޔަމުނާފިގު ކަންމަތީ ގަ އުބައްޔުބުނު ސަލޫލުފަދައިން ހުރެބަލަ ތިޔައީ އޮރިޖިނަލް މުނާފިގެކޭ!
ކަލޯ ތިޔައީ މިދިވެހި ރާއްޖެއިން އިސްލާމއދީން ނައްތާލަން މަސައްކަތްކުރާ ބޮޑުމުރުތައްދު ޝަހިންދާގެ ބޭބެ އެއްނު ތިޔަގެއަކީ އެފިކުރުގެ ގެއެއްވީމަ ވާނެގޮތަކީ
އޑީގަހުންނައެއްޗެއްދޯމައްޗަށް ނުކުންނާނީ! މިހާރު ކަލޯތިޔައީ މިޤަވްމުގެމީހުންބަލައިގަންނަ މީހެއްނޫން!
ދެންވެސް އަނގަނުގަޅާ ތިޔަމުނާފިގު ކަންމަތީ ގަ އުބައްޔުބުނު ސަލޫލުފަދައިން ހުރެބަލަ ތިޔައީ އޮރިޖިނ
ހީވަނީ މަގާމުގެ ދަހިވެތި ކަމުގަ ދީނައްޓަކާ ގައުމައްޓަކާ އޮންނަނީ ނަމެއްގަ ސިޔާސީ ބޭނުމަކައް ދައްކާ ވާހަކަޔެއް. ތެދެއް ލާދީނީ ބަޔަކައް ވެއްޖެޔާ ކޯލިސަން ހަދަނީ ކީއްވެބާ ؟؟؟