”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީތެރޭގައި ގޮފި ހެދުން ހުއްޓައިލަން ޕާޓީން އެމަނިކުފާނަށް އެންގި ނަމަވެސް އެ އެންގުމަކީ އެ މައްޗަށް އެމަނިކުފާނު އަމަލުކުރައްވާނެ އެންގުމެއް ނޫން ކަމުގައި ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު މިހާރު އަމާޒު ހިފާފައިވަނީ ޕާޓީތެރޭގައި ”ފިކުރެއްގެ ދިރުން“ ނަމުގައި ގޮތްޕެއް ހެދުމަށެވެ. އަމާޒަކީ އެ ގޮތްޕަށް މަދުވެގެން 50,000 މެންބަރުން ހަމަކުރުމެވެ. އެއަށްފަހު ރިޔާސީ އިންތިޚާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ.
ދިވެހި ޗެނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އެއްވެ އިންތިޒާމުވެ ސިޔާސީ ހަރަކާތް ހިންގުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށް ލިބިފައިވާ އަސާސީ ޙައްޤެއް ކަމަށާއި, އެހެންކަމުން އެ ޙައްޤަކަށް އެހެން އެއްވެސް ފަރާތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.
”އެ އިންތިޒާމުވަނީ އެމްޑީޕީ ތެރޭގަ. އެމްޑީޕީއާ އެކީގަ އެއްގޮތަކަށް ވެސް ވަތްކަކުން ނޫން. ދެން މިހާރުގެ އެމްޑީޕީ ސެކްރެޓޭރިއަޓުން މިސާލަކަށް އެންގިދާނެ އަޅުގަނޑަށް އެފަދަ ގޮތްޕެއް ނުހެދުމަށް. ދެން އެއީ އެ މައްޗަށް އަޅުގަނޑު އަމަލުކުރާނެ އެންގުމެއް ނޫން.“ އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު އިއްޔެ ވިދާޅުވި ފަދައިން މިރޭ ވެސް ވިދާޅުވީ އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި ވޯޓު ހޯދާދިނުމަށް މަސައްކަތަކުރުމާއި ވޯޓުދިނުމަކީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައި ވަނީ ބަޔާންކޮށްފައެވެ.
eyrun paateegeqavaaidaakhilaafuvumunr raeeskamunvakikoh pAteenlkandaileemai enimuneenootha