އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި, އެމްއެންޑީއެފް ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބުނީ މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 01 އިން 09 އަށް ކަމަށެވެ.
ތަމްރީނުތައް ކުރިއަށްދާނީ މާލެއާއި, ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އެކިއެކި ލޮކޭޝަންތަކުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ތަމްރީމުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.