”އެންމެނަށް މީޑިއާނެޓް“ ގެ ނަމުގައި އެއް މަސްދުވަހުގެ ކަނެކްޝަން ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން މީޑިއާނެޓުގެ އާ ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދީ އެއް މަހުގެ ފުލް ޕެކޭޖް ވެސް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮމޯޝަންގެ ދަށުން ޚިދުމަތް ހޯދުމަށް މީޑިއާނެޓުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް ޒިޔާރަތްކޮށްގެން ޚިދުމަތް ހޯދޭނެއެވެ. އަދި ބިޒްނަސް ސެންޓަރުތަކަށް ޒިޔާރަތްކޮށްގެން ވެސް ޚިދުމަތް ހޯދޭނެއެވެ.
މީގެއިތުރުން މީޑިއާ ނެޓުގެ ޕާޓްނަރުންނަށް ގުޅައިގެން ވެސް ޚިދުމަތަށް އެދެވޭނެއެވެ.
މީޑިއާނެޓަކީ ހުރިހާ އުމުރުފުރައަކާ ގުޅޭ ދިވެހި އަދި ބޭރުގެ ފިލްމާއި ސީރީޒާއި, ދިވެހިންގެތެރޭގައި މަގުބޫލުކަން ހޯދާފައިވާ ގިނަ ޗެނަލްތައް ހިމެނޭ ޕެކޭޖަކާއެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓީވީ އަދި މުނިފޫހިފިލުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތެވެ.
SSnet ah channel thah dhehkumuge huhdha nudhee hifahahtaigen miulhenee medianet ah chance dheyn vegen. Konme kamehga ves corruption.