އިންޑިއާއަށް ބޭސް ފަރުވާއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ކ.ތުލުސްދޫ/ޕަރިސްތާ ޢުމުރުން 35 އަހަރުގެ މުޙައްމަދު މަހުދީއެވެ. އޭނާ ގެއްލުނީ މިއަދު ހެނދުނުއެވެ.
މަހުދީގެ ދައްތަ އާމިނަތު އަރުޝީ ބުނީ އޭނާގެ ކޮއްކޮ އިންޑިއާގެ ކޮޗިންއަށް އިއްޔެ ދިޔައީ ބައިޕޯލާ ބަލީގެ ފަރުވާއަށް ކަމަށެވެ. އޭނާއާއެކު ބައްޕައާއި ޅިޔަނަކު ވެސް އިންޑިއާއަށް ދިޔަ ކަމަށް އަރުޝީ ބުންޏެވެ.
މަހުދީ ގެއްލުނީ އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިންނެވެ. މަހުދީގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 7889180 އަދި 7971667 ނަންބަރަށް ގުޅުމަށް ޢާއިލާއިން ވަނީ އެދިފައެވެ.