އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި, އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި, ގޮނޑުދޮށަށް ވެލި އެޅުމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެ އެޖެންސީން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެ ގޮތުން ގަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަހައްދުގެ 17818.09 އަކަ މީޓަރުގެ ސަރަހައްދަކުން ބިން ސާފުކޮށްފައިވާ ކަމަށާއި, އެ ސަރަހައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ޖުމްލަ 30,897,955 ދިވެހި ރުފިޔާއިން އައްޑޫސިޓީ ކައުންސިލް އިދާރާ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އިއްޔެ އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް އަންގާފައިވާނެ ކަމަށެވެ.
ތިޔަވަރަށް ޖޫރިމަނާ ކުރީމަ ކާކު ދައްކަނީ. އަދި ނުދެއްކި ނަމަވެސް ކޮންކަމެއް ކުރެވޭނީ؟؟! 100 ބިލިއަން ކިޔަންވީނު!!!