ދައުލަތުން އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އަންހެނަކު ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ޢަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ހޯދަމުން ދަނީ ހ.ރީދޫގޭ މަރްޔަމް ރިޒްމީން (31އ) އެވެ.
އޭނާގެ ފޮޓޯ ޢާންމުކޮށް ފުލުހުން ބުނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ “އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ“ އާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ކަމަށެވެ.
އެހެންކަމުން މިއަދު 09:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ޢާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.
އޭނާ ކޯޓަށް ހާޒިރު ކުރެވުނުތޯ ކްރިމިނަލް ކޯޓުގެ އޮފިޝަލަކަށް ސުވާލު ދެންނެވުމުން ވިދާޅުވީ އޭނާ ކޯޓަށް ހާޒިރު ކުރެވިފައިނުވާ ކަމަށެވެ.
ފުލުހުން ވަނީ އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.