ބާ ދަނގަޑުތަކެއް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އިންޑިއާގެ ބޯޓެއް ތިލަފުށި ކުޑަފަރަށް އަރައިފިއެވެ.
އެނގިފައިވާ ގޮތުން ފަރަށް އަރާފައިވަނީ “އެމްއެސްވީ އެމްއެސް ރިޔަނަ“ ކިޔާ އިންޑިއާގެ ބޯޓެކެވެ.
މި ހާދިސާއާ ގުޅިގެން ޓްވިޓާގައި މީހަކު ބުނެފައިވަނީ އިންޑިއާގެ އެ ބޯޓު ފަރަށް އަރާފައިވާތާ ވަރަށް ގިނައިރުވެފައިވާ ކަމަށެވެ.
މިކަމާ ބެހޭ މަޢުލޫމާތު ދެއްވަމުން އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ އެ އެޖެންސީން އެ ހާދިސާގެ މަޢުލޫމާތު އެއްކުރަމުން ދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިން ވާހަކައެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.