ފިހާރަަތަކުން އުކާލައިފައި ހުންނަ ބައެއް ކަހަލަ ކާބޯތަކެތި ބާޒާރުމަތީގައި ވިއްކަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޢާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ފިރިހެނަކު, ކުކުޅު ބިސްތަކެއް ދޮވެ ސާފުކުރާ މަންޒަރެވެ. އޭގެއިތުރުން ހަލާކުވެފައި ހުރި ބައެއް ކަހަލަ ތަރުކާރީ ސާފުކުރަމުންދާ މަންޒަރު ވެސް ފެނެއެވެ.
ވީޑިއޯއިން ފެންނަނީ މިއަދުގެ މަންޒަރެއް ކަމަށް ވީޑިއޯ ޢާންމު ކުރި ފަރާތުން ބުނެފައިވެއެވެ. އޭނާ ބުނީ ކުނިވެ ފުޅައަޅައިގެން ފިހާރަތަކުން އުކައިލާފައި ހުންނަ ކުކުޅު ބިހާއި, ތަރުކާރީ ހޮވައިގެން ގެނެސް ސާފުކޮށްގެން ބާޒާރުމަތީގައި ވިއްކަނީ ކަމަށެވެ.
އޭނާ ބުނި ގޮތުގައި 03 ޓްރޭ ބިސް ވިއްކަމުންދަނީ 100 ރުފިޔާ އަށެވެ.
”ސިއްހީ ގޮތުން މި ތަކެތި ކައިބޮއެ ހެދުން ރައްކާތެރިތޯ.“ ކަމާބެހޭ އިދާރާތަކަށް ޓެގް ކުރައްވައި އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.
މިކަމާ ގުޅިގެން ކަމާބެހޭ ފަރާތެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.