ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ސޭފް ޑްރައިވިންގ އެންޑް ރޯޑްސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އިއްޔެއާއި މިއަދުކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއިބަހުގެ ޚިދުމަތްދިނުމާބެހޭ ގަވާއިދުގެ މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ބަސް ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު އުޅަނދު ދުއްވާނެގޮތާއި، ހާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތުގެ މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓާއި, އެމްޓީސީސީގެ ޓްރެއިނިންގ ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 10 ޑްރައިވަރުން ވަނީ ބައިވެރިިވެފައެވެ.
އެމްޓީސީސީން އާރްޓީއެލްގެ ބަހުގެ ޚިދުމަތް ފުރަތަމަ ފެށީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ލ.ގަމާއި ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައެވެ. އޭގެފަހުން އިތުރު ރަށްތަކުގައި މި ޚިދުމަތް ވަނީ ފަށާފައެވެ.