މި ޤައުމު މިއަދު އޮތް ހާލަތުން ސަލާމަތްކޮށްދެވޭނެ ވެރިއަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ”ހޯޕް ކޮންފަރެންސް“ ގެ ތެރެއިން “ބުންވަރު“ ނަމުގައި އިހުތިޖާޖު ކުރަން ވަނީ ނިންމައިފައެވެ.
ޕީޕީއެމް އޮފީސް ދޮރުމަތިން ފަށާ އެ އިހުތިޖާޖު އޮންނާނީ އަންނަ މަހުގެ 03 ވަނަ ދުވަހު ހަވީރު 16:00 ގައެވެ.
އެ އިހުތިޖާޖަށް ދަޢުވަތު ދެއްވައި ޣައްސާން ވިދާޅުވީ މި ޤައުމު މިއަދު ވެއްޓިފައި އޮތް ނިކަމެތި ހާލަތުން ސަލާމަތްކޮށް ދެވޭނެ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި ޕީޕީއެމްގައި ހިތްވަރު އެބަހުރި ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
”ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް އިންތިޚާބު ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު އެންމެހާ ރައްޔިތުންނަށް އަރުވަން.“ ޣައްސާން ކުރެއްވި ޓުވީޓުގައި ލިޔުއްވާފައިވެއެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މަނިކުފާނުގެ މައްޗަށް އެ ޙުުކުމް ކުރީ ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ޚިޔާނާތް ހިންގަވާފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ބުނެއެވެ.
Kurin maumoon ah dhw. Mihaaru yaamin ah dhw. Salhi.