ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޢަލީ އާދަމާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައެއްގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް އޭނާ ޢަމަލުކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެވެ.
ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް ނިންމީ މި މަހުގެ 18 ވީ އާދިއްތަ ދުވަހު ބޭއްވި ކޮމިޝަނުގެ 5 ވަނަ ޖަލްސާގައި ކަމަށާއި، މައްސަލަ ބަލަން ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
މީނައަކީ ގާޒީއެއްގެ ކުފޫ ހަމަވާމީހެއްނޫން!
ބައެއްފަހަރުރީތިމަންޖެކު ވަރިވަން ފޯމުލައިފިއްޔާ އަވަސްވީގޮތަކުން އެކަންކޮށްދޭކަމުގެ ތުހުމަތުކުރެވޭ!
އަދި އަންހެންކުއްޖާއާބައްދަލުކޮށް އެކުދިންނަށްއަޅާލަން ބޭނުންކަމަށް ބުނާކަމުގެ ތުހުމަތު އަދިޝައްކު ވެސްކުރެވޭ!