އެމްޓީސީސީން ކުރިއަށް ގެންދާ ހއ.ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި, ޖެޓީ ހެދުމުގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަ އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި, ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާއިރު, ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 އިންސައްތައާއި, އއައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ.
75.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި, 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި, 58 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.
އޭގެއިތުރުން 478 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި, 630 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި, 6،858 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި, ޖެޓީއެއް ހެދުމާއި, ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.