މިދިޔަ އަހަރު އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިިދިޔަ އަހަރު ހުށަހަޅާފައިވަނީ ވައްކަމުގެ 3973 މައްސަލައެވެ.
މީގެއިތުރުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 1424 މައްސަލައާއި, އަނިޔާކުރުމުގެ 517 މައްސަލައާއި, ފޭރުމުގެ 374 މައްސަލައާއި, މަކަރާއި ހީލަތް ހެދުމުގެ 912 މައްސަލަ ހިމެނެއެވެ.
ހަމައެހެންމެ ޖިންސީ ގޯނާގެ 331 މައްސަލައާއި, ފޯޖު ކުރުމުގެ 117 މައްސަލައާއި, ގެވެށި އަނިޔާގެ 229 މައްސަލަ ހިމެނެއެވެ.
މިދިޔަ ހަތަރު އަހަރަށް ބަލާއިރު އެންމެ ގިނައިން ވައްކަމުގެ މައްސަލަ ހުށަހެޅީ 2021 ގައެވެ. އެ އަހަރު 4677 މައްސަލަ ވަނީ ހުށަހަޅާފައެވެ.