ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ބޮސްކާލިސްއަށް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 30, 2023
ޚަބަރު, ވިޔަފާރި
0
ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ބޮސްކާލިސްއަށް

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ބޮސްކާލިސްއާއި ހަވާލުކޮށްފައިވަނީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ޚާއްޞަކުރަނީ ސަރުކާރުން ގުޅީފަޅުގައި ތަރައްޤީކުރާ ސަރަޙައްދީ ބަނދަރުގެ މަސައްކަތަށެވެ. މިއީ މާލޭގައި ހިންގަމުންދާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް ގުޅީފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ މަޝްރޫޢުއެވެ.

ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކީ ރާއްޖޭގެ ތަރައްޤީގައި މީގެ ކުރިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ބޮސްކާލިސްއަކީ 2010ވަނަ އަހަރު ގުޅީފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކި ކުންފުންޏެވެ. އަދި 2019ވަނަ އަހަރު ގުޅީފަޅުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްގެންގޮސް އެކުންފުނިންވަނީ، ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމާފައެވެ. މީގެތެރޭގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު، ގުޅީފަޅާއި ގުޅުވާލުމަށް ނިންމާފައިވާ ސަރަޙައްދުވެސް އެ ކުންފުނިން ހިއްކާފައިވެއެވެ.

މިހާރު މިވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކާ، އަދި ހިއްކާ ސަރަޙައްދުގައި ރިވެޓްމަންޓްޖަހާ ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ބޮސްކާލިސްއަށް ދިނުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމާފައެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޮސްކާލިސްއާއެކު އެއްބަސްވެފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެއެވެ. އަދި ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. ނަމަވެސް މި މަޝްރޫޢުގެ ދަށުން ހިއްކަނީ ކިހާ ސަރަހައްދެއްކަމެއް އެކުންފުނިން ބުނެފައެއް ނުވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ މި މަޝްރޫޢުއަށް ބޭނުންވާ ސަރވޭގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުން ބެލުމަށް ހަދާ ދިރާސާތައް ހަދާފައިވާކަމަށް އެކުންފުނިން ބުންޏެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެންކަމަށްވެސް އެކުންފުނިން ބުންޏެވެ. އެގޮތުން އެ ސަރަޙައްދުގެ ފަރުގެ މުރަކަ އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ލޮނުގަނޑުގައި ކިސަޑުކަން ފެތުރޭ މިންވަރު ކުޑަކުރުމާއި، އެ ސަރަޙައްދުގެ މޫދު ލޮނުގެ ކޮލިޓީއަށް އަންނަމުންދާ ބަދަލުވެސް ޤަވާއިދުން ބަލަމުންދާނެކަމަށް ބޮސްކަލިސްއިން ބުންޏެވެ.

ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ތަރައްޤީކުރާ ފަޅެކެވެ. 2010ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ. ނަމަވެސް 2013ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ. އަދި އެ ފަސް އަހަރު ގުޅީފަޅުގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ގުޅީފަޅު މަޝްރޫޢު އޭރު ހުއްޓާލިއިރު، އެތަނުގައި ހަދަން ފަށާފައިވާ ގިނަ ހައުސިން ޔުނިޓް އިމާރާތްތައްވެސް ހުއްއްޓެވެ.

ނަމަވެސް މި ސަރުކާރުން މިވަނީ ގުޅީފަޅު ތަރައްޤީކުރުމުގެ ޕްލޭން އަލުން އެކުލަވާލާ އެމަގުން މަސައްކަތްތައް ފަށާފައެވެ. އެގޮތުން ގުޅީފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމާއި، އެތަނުގައި މީހުން އާބާދުކުރުމަށް ވަނީ ނިންމާފައެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅުން 2000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ނިންމާފައެވެ.

Tags: ބޮސްކާލިސްގުޅީފަޅު

ގުޅުންހުރި ލިޔުންތައް

އަންހެން ކަބަލުންނަށް އިންސަލްޓްކުރަން މަޖުލީހުގައި ފުރުޞަދު ދީގެން ނުވާނެ، އުސްތާޛް ނިޝާން

ރ.ޞާލިހު މިހާރު އެނައްޓަވަނީ ވެރިކަން ހިމާޔަތްކުރަން ވިއްދާފައިހުރި ލަންކަނިތައް: ނިޝާން

މާރޗް 30, 2023
ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

މާރޗް 29, 2023
އަނަސް މަރާލި މައްސަލައިގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

އޮފީހެއް ފަޅާލައި 700,000 ރުފިޔާ ނެގި މީހާގެ ބަންދަށް 15 ދުވަސް

މާރޗް 29, 2023
އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

މާރޗް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In