އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ކޮންފަރެންސްގެ ތެރެއިން ބޮޑު އިހުތިޖާޖެއް ބާއްވަން ނިންމައިފިއެވެ.
”ހޯޕް ކޮންފަރެންސް“ އޮންނާނީ އަންނަ ފެބްރުއަރީ 02 އިން 04 އަށެވެ.
ކޮންފަރެންސްގައި ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަހާސިންތާގައި މަޝްވަރާ ކުރާނެއެވެ. އެ މަޝްވަރާތަކުގައި ކޯލިޝަންގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވާނެއެވެ.
ތަފްސީލް:
ފެބްރުއަރީ 02: ކޮންފަރެންސް ފެށުން
ފެބްރުއަރީ 03: ބުންވަރުގެ ނަމުގައި ބާއްވާ އިހުތިޖާޖު
ފެބްރުއަރީ 04: ކޮންފަރެންސް ނިންމާ ޖަލްސާ (އާޓިފިޝަލް ބީޗުގައި)
މި ކޮންފަރެންސްގެ ތެރެއިން ބާއްވާ އިހުތިޖާޖުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ ދަޢުވަތުދީފައެވެ.