އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ނުކުރަން އަދި ނިންމާފައި ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ޞާލިޙް މިހާރު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިފައެވެ.
ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ރައީސް ޞާލިޙަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށް ބުނެ ޚަބަރު ފަތުރަމުންދާތީ އެ ޕާޓީގެ މުއައްސިސް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި ޕާޓީން އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއާރްއެމްއަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ.